ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯސޭލް/ރީޓޭލް ވިޔަފާރިކުރަމުން އަންނަ ހެޕީމާކެޓްގެ ހާއްސަ އިވެންޓެއް އަންނަ ހަފްތާ ބަންދުގައި ކުޅުދުއްފުށީ ސިޓީގައި ބާއްވަން ނިންމާފައިއެވެ.
ހެޕީމާކެޓުން ބުނީ މި އިވެންޓް އޮންނާނީ 3 އޮގަސްޓް 2024 ވާ ހޮނިހިރު ދުވަހު ހަވީރު ކުޅުދުއްފުށީ ސިޓީގެ ވެލިގަނޑު ސަރަހައްދުގައެވެ.
ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލްކަލް ހޯދާފައިވާ ރޮބޯމޭންގެ ހަރަކާތާއެކު ކުރިއަށް ގެންދާ މި އިވެންޓްގައި ހެޕީމާކެޓްގެ ގިނަ އަދަދެއްގެ ޕްރޮޓަކްޓް ތަކެއްގެ ސާމްޕަލް ބެހުމާއި ހިލޭ ރަހަދެއްކުމުގެ ހަރަކާތް ތަކެއް ކުރިއަށް ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ހެޕީމާކެޓުންވަނީ މި އަހަރު ތެރޭގައި ގިނަ އަދަދެއްގެ އާ ޕްރޮޓަކްޓްތަކެއް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައެވެ. އޭގެ ތެރޭގައި ހެޕީޑޭގެ ކޮކޯ ޕައިން އެޕަލް އަދި ރެޑް ގްރޭޕްސް ފްލޭވަރގެ 1 ލީޓަރ ޖޫސް ޕެކެޓް، ރައުޙް ބްރޭންޑްގެ ސްޕާކްލިން ޕީޗް ޖޫސް، ޕީޗް ފްލޭވަރ އަދި ކޮކޯޕައިން އެޕަލް ފްލޭވަރގެ 200މލ ޖޫސް ފުޅި، ފޯޗިއުން ބްރޭންޑްގެ ބިރިޔާނީ ކިޓް، ފޯޗިއުން ބްރޭންޑްގެ އާޓާ 1 ކިލޯގެ ފުށްޕެކެޓް ހިމެނެއެވެ.
މީގެ އިތުރުން ޓީޝާސް ބްރޭންޑްގެ ފަރާޓާގެ ބާވަތްތައް، ވެގަރ ބްރޭންޑްގެ ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒެއް، ބެގަރ ބްރޭންޑްގެ ކްރީމް ޗީސް ސްޕްރެޑް، މޫންގް ދާލް އަދި މަސޫރު ދާލްގެ 1 ކިލޯ އަދި 500ގ ޕެކެޓް، ސިއަރާ ބްރޭންޑްގެ 2.25 ކިލޯގެ ކޮށިކުކުޅު ޕެކެޓް ވެސް ހިމެނެއެވެ.
ކުޅުދުއްފުށީ ސިޓީގައި ހެޕީމާކެޓްގެ ފިހާރަ އަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުރެއެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވުމުން ކުޅުދުއްފުށީގެ ރައްޔިތުންނައް އަދި މިސަރަހައްދުގެ ގިނަ ރަށްތަކަކަށް ފަސޭހަކަމާއެކު ހެޕީމާކެޓުން މާކެޓްކޮއް ޑިސްޓްރިބިއުޓް ކުރާ ހުރިހާމުދަލެއް ހާއްސަކޮއް ފިނިކުރި މުދާ އޭގެ އެންމެ ތާޒާކަންމަތީ ގަންނަން ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!