ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ.
މި ލިސްޓަކީ 27 މާރޗް 2023 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ކެޓަގަރީ A އަދި B އަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްގެ ވަގުތީ ނަތީޖާއެވެ. މި 100 ހައުންސިން ޔުނިޓުން 75 ޔުނިޓް (ކެޓަގަރީ A) ދިނުމަށް ނިންމާފައިވަނީ އެރަށުގެ ރައްޔިތުންނަށެވެ. އަނެއް 25 ޔުނިޓް (ކެޓަގަރީ B) ދިނުމަށް ނިންމާފައިވަނީ އެރަށަސް ދިރިއުޅުން ބަދަލުކުރަމަށް ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންނަށް ހާއްސަ ޔުނިޓް ތަކެވެ.
އެގޮތުން ކެޓަގަރީ އޭ އަށް 253 މީހަކު ކުރިމަތިލާފައިވާއިރު ބީކެޓަގަރީއަށް 109 މީހަކު ކުރިމަތިލާފައިވެއެވެ.
އެ ކައުންސިލުން ބުނީ މި ލިސްޓްގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ޝަކުވާ ސާފުވާނެހެން ލިޔުމުން ކައުންސިލް އިދާރާއަށް ހުށަހެޅުމަށެވެ. އަދި މި މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާ އާއި އަނގަބަހުން ހުށަހަޅާ ޝަކުވާ ބަލައި ނުގަނެވޭނެ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން، ވަގުތީ ނަތީޖާ ލިސްޓްގައި ވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިންނަށް ހައުސިންގ ޔުނިޓް ލިބޭ މިންވަރަށް ޕޮއިންޓް ލިބިފައިވާނަމަ، ދެމަފިރިންގެ ތެރެއިން ހައުސިންގ ޔުނިޓް ދޫކޮށްލާ ފަރާތުގެ މަޢުލޫމާތު ދެ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައި ލިޔުމުން 12 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.
ކައުންސިލުން ބުނީ ލިސްޓް އެކުލަވާލާފައިވަނީ އެންމެ މަތިން ތިރިއަށް މާކްސް ލިބިފައިވާ ތަރުތީބުން ކަމަށާއި، މި ހައުސިންގ ޔުނިޓްތަކަށް ޕޮއިންޓް ދިނުމަށް އެކުލަވާލެވިފައިވާ އުސޫލް އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!