އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ.
ފުއާދުގެ ބަޔޯގްރަފީ ފޮތް "ގޮތުގައި" ރައީސަށް ހަދިޔާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ.
މިފޮތަކީ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ ލިޔެފައިވާ ފޮތެކެވެ. 190 ސަފުހާގެ މި ފޮތުގައި، ފުޢާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު ހިމަނާފަވެއެވެ.
އޭގެ ތެރޭގައި ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުޢާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމުޢިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މި ފޮތުގައި ހިމެނެ އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުޢާދު ކުރެއްވި އާދަޔާޚިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް މި ފޮތުގައި ހިމެނެ އެވެ.
ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ މީގެ ކުރިން ވަނީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޯގްރަފީ ވެސް ފޮތެއްގެ ސިފާގައި ނެރެދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!