ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 66 މިލިއަން ރުފިޔާ މިމަހު ޖަމާކޮށްދީފައިވާކަމަށް ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
އެ ކުންފުނިން އިއްޔެ ބުނިގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2,009,843ރ. މިދިޔަ އާދިއްތަ ދުވަހު ވަނީ ޖަމާކޮށްދީފައެވެ.
އެ ފައިސާއަކީ މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މަހު އެކަނިވެސް މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފައިސާ ދޫކޮށްފައިވާ ޕޭމަންޓުތަކުގެ ތަފާސްހިސާބުތައް މިފްކޯއިން ހިއްސާކޮށްފައިވާއިރު، މިހާރު މަސްވެރިންނަށް ނުދެވި ހުރީ 319،632 ރުފިޔާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މަސްގަންނަ އަގަށް ވެސް މިފްކޯއިން ބަދަލު ގެނެސްފައިވާއިރު، އެ ބަދަލާއެކު ދެކޮޅު ނުޖެހޭކަމަށްބުނެ ބައެއް މަސް ދޯނިތައް މަހަށް ފުރުން ވެސް ވަނީ މެދު ކަނޑާލާފައެވެ.
މިދިޔަ ހަފްތާގައި ވަނީ މިފްކޯގެ މައި މަސްފިހާރައިން މަހުގެ ބާވަތްތައް ވެސް ހުސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!