ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ''ނާރެސް'' ޕޯޓަލް ރޭ އިފްތިތާހްކޮށްފިއެވެ.
މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ.
ނާރެސް ޕޯޓަލްއާއެކު ކޮންމެ ކައުންސިލަކަށް އިނގިލީގެ ނިޝާން ނަގާ 10 ފިންގާ ޕްރިންޓް ޑިވައިސް ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރޭރަސްމިއްޔާތުގައި "އޮޕަރޭޝަން ކުރަނގި" ފޭސް2 ވެސް އިފްތިތާޙްކޮށްފައިވާއިރު، "އޮޕަރޭޝަން ކުރަނގި" ފޭސް2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ ސިލްސިލާ މަސައްކަތުގެ ދެވަނަ ބޮޅެވެ.
ފުރަތަމަ ފަހަރަށް އޮންލައިކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 1 މެއި 1984ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!