އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.
އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ އުމަރު ޒާހިރު ބިލްޑިންގައެވެ. މި ޖަލްސާގައި ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.6 އިންސައްތަ ވޯޓުންނެވެ.
މިޖަލްސާގައި އޮންލައިންކޮށްވެސް އަދި ޖަލްސާއަށް ޙާޒިރުވެގެންވެސް ހިއްސާދާރުން ވަނީ ބައިވިއެވެ.
މިޖަލްސާގައި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑެލޮއިޓް ޕާޓްނާސްއެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ 498،960 ރުފިޔާއެވެ.
އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކުވެސަ ވަނީ ހޮވާފައެވެ. އެގޮތުން ހޮވާފައިވަނީ ނަޞްރަތު މުޙައްމަދު އަދި މުޙައްމަދު އިމްރާން އަދުނާނެވެ.
މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.24 ބިލިއަން ރުފިޔާއެވެ. މިއީ 2022ވަނަ އަހަރު ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު 31 އިންސައްތަ އިތުރު އަދަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!