ކީރިތިޤުރުއާނާއި އަދި ޤުރުއާނާއި ގުޅުންހުރި އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދީފިއެވެ.

އެމްކިއުއޭއިން ބުނިގޮތުގައި މި ހުއްދަ ދީފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ލަފާގެމަތިންނެވެ.

Ad
rt

މިގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިޔުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް ޢާންމުކުރީންސުރެ، ޤުރުއާނުގެ ކޯސްތައްވެސް ހިމެނޭހެން އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނޭ ކަމަށެވެ.

އެހެންނަމަވެސް ގައިޑްލައިންގައި އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކަމަށްބުނާ ދާއިރާތަކުގެ ކޯސްތައް، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން އޮންލައިންކޮށް ކިޔަވައިދެވޭތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން ޤުރުއާނުގެ ދާއިރާގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ދީފައިވާކަން ފިޒާނާ ވިދާޅުވިއެވެ. އަދި މި ލިބުނު ހުއްދައާއި އެކު މިހާރުން މިހާރަށްވެސް ވަކިކަހަލަ މާއްދާތަކެއް ކިޔަވައި ދެވޭނެކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

މި ހުއްދައާއި އެކު މިހާރުން މިހާރަށްވެސް މަޢާނިލް ޤުރުޢާން އަދި ޢުލޫމުލް ޤުރުޢާން މާއްދާ އޮންލައިންކޮށް ކިޔަވައިދެވޭއިރު، އަދި ވަކި އުސޫލުތަކެއްގެ މަތިން އެހެން މާއްދާތައްވެސް ކިޔަވައިދެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންގާފައިވާކަމަށް އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

އޭގެ ތެރޭގައި ޠިލާވާ އަދި ޙިފްޛް ފަދަ ކޯސްތައް ހިމެނޭއިރު، އަދި މިއިން ކޮންމެ މާއްދާއެއް އޮންލައިންކޮން ގެންދެވުނު ނަމަވެސް މާއްދާ އާއި ގުޅޭ އިމްތިޙާންތައް ބާއްވަންޖެހޭނީ ފޭސް ޓު ފޭސް ކޮންކަމަށް ފިޒާނާ ވަނީ ވިދާޅުވެފައެވެ.

ޤުރުއާނުގެ ދާއިރާގެ ކޮންމެ ޕްރޮގްރާމެއްވެސް އެ ޕްރޮގްރާމުގައި ކިޔަވައިދެވޭ މާއްދާތަކަށް ރިޔާޢަތްކޮށް ވަކި އުސޫލެއްގެތެރެއިން ޢީލާނިންގ މޮޑަލިޓީގައި ކިޔަވައިދިނުމުގެ ހުއްދަ ދެވިދާނެކަމަށާއި، އެހެންކަމުން އެފަދަ ޕްރޮގްރާމްތައް ފަރުމާކުރުމަށްފަހު އެއޮތޯރިޓީއަށް ހުށައެޅުއްވުމަށް އެދިވަޑައިނަވާކަމަށް ފިޒާނާ ވަނީ ވިދާޅުބެފައެވެ. އަދި އީ-ލާރނިން މޮޑަލިޓީގެ ދަށުން އެ ޕްރޮގްރާމެއް ކުރިއަށް ގެންދަންވާނީ އެ އޮތޯރިޓީން ހުއްދަ ދިނުމުންކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގެ އީ-ލަރނިންގ ގައިޑްލައިންގައި ބަޔާންކުރާގޮތުގައި އޮންލައިންކޮށް ކޯހެއް ކުރިއަށް ގެންދެވޭނީ އެ ދާއިރާގެ ޤާނޫނީ ބާރުލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާ ތަކުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުމަށް ހުއްދަ ދިނުމުންނެވެ.