މާލޭގައި ވޭނަކުން ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގެ ގަލޮޅުކަންމަތީގައި އޮތް ވޭނަކުން ބާރުގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެއީ ނުރައްކާތެރި ގޮވުމުގެ އަޑު ނޫންކަން ސިފައިން، ފުލުހުންނަށް ޔަގީންކޮށްދީފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަޑުފައްގަނޑު އިވުނީ އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ.
އިތުރު ނުރައްކަލެއް ނެތްކަން ވެސް ކަށަވަރު ވާތީ އެ ސަރަހައްދު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އެ ޚިދުމަތުން މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާއިގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވަނީ ހަތިޔާރާ އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!