ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު ތިން ސަފީރުން ޢައްޔަނުކުރަށްވާފައި ވަނީ ބަންގްލަދޭޝް އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށާއި، ތުރުކީވިލާތަށާއި އަދި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށެވެ.
މިގޮތުން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު ވަނީ ޢައްޔަނުކުރަށްވާފައެވެ.
ރިޕަބްލިކް އޮފް ތުރުކިޔޭ (ތުރުކީވިލާތް)އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޢައްޔަނުކުރަށްވާފއި ވަނީ، ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެވެ.
މީގެ އިތުރުން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި މުޙައްމަދު ޠާހާ ވަނީ ޢައްޔަނުކުރަށްވާފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ތިން ބޭފުޅުންވެސް ސަފީރުކަމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!