ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ، ޕީއެންސީ ހައުސްގައި ޖަގަހަ ޖަލްސާތައް ފަށަން ތައްޔާރުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ، ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވީ މިދިޔަ ހޮނިރު ދުވަހު (ޖޫން 23 ވަނަ ދުވަހުގެ) ރެއެވެ.
ޕީއެންސީން ބުނީ މިރޭ 20:30 ގައި އެ ޕާޓީގެ ހަރުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
މި ޖަލްސާގައި ފަސް ބޭފުޅެއް ވާހަކަ ދައްކަން ހަމަޖެހިފައިވާކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެ ބޭފުޅުންނަކީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަހްމަދު ނާޒިމް އެވެ.
ޕީއެންސީން ވަނީ މި ޖަލްސާގައި ބައިވެރިވުމަށް ސަޕޯޓަރުންނަށް ދައުވަތު ދީފައެވެ.
ޕީއެންސީގެ ޖަގަހަ ހުންނަނީ، އެމްޑީޕީ އާއި ޑިމޮކްރެޓިކްސްގެ ޖަގަހަ ވެސް ކުރިން ހިންގި ހ.ވެޔޮވިލާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!