ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށް ބޭނުންވާ 15 ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި ކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

Ad
rt

އެކައުންސިލުން ހޯދަން އިޢުލާންކޮށްފައިވަނީ 11 މީހުންގެ ޖާގައިގެ ބަގީތަކެކެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހު 13 ވަނަ ދުވަހުގެ 0000 ގެ ކުރިން އެކަމަށްޓަކައި ހާއްސް ކޮށްފައިވާ އޮންލައިން ފޯމް ފުރިހަމަކޮށް ސަބްމިޓް ކުރަން ޖެހެއެވެ.

މި ބީލަމާއި ގުޅޭގޮތުން މަލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 24 ވަނަ ދުވަހުގެ 11:00 ގައި އހއ.އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރި ނުވި ނަމަވެސް ބީލަމުގައި ރަޖިސްޓަރީވެފައި ވާނަމަ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ލިބިލައްވާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.