ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ވަނީ ރެކޯޑު ކުރެވިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް މިރޭ ލޮޅުމެއްގެ އަސަރުކުރިކަމުގެ ރިޕޯޓު ވަނީ އެ އިދާރާއަށް ލިބިފައެވެ.
އެހެންވެ، އެ އިދާރާއިން ބެލިބެލުމުން ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައި ވާކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނިގޮތުގައި، ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައި ރާއްޖޭގެ ގަޑިން މިރޭ 8:27 ގައެވެ.
ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށް މެޓު އޮފީހުން ބުނެފަވެއެވެ.
2019 ވަނަ އަހަރު ވެސް އުތުރުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއްގެ އަސަރު ކުރިއެވެ. އެފަހަރު ވެސް ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައިވާ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ. އަދި މި ލޮޅުމުގެ ސަބަބުން ވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!