ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ 22 ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ހޭންޑްބޯލް ކޯޗިން ކޭމްޕް މާދަމާ ފަށަން ތައްޔާރު ވެއްޖެއެވެ.

މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯޗިން ކޭމްޕް ހާއްސަ ކޮށްފައި ވަނީ އަންހެނުންނަށެވެ. މި ކޭމްޕްގައި 45 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Ad
rt

މި ކޭމްޕު ކުރިއަށް ގެންދަނީ 22 ސްޕޯޓްސް ކުލަބާއި ހއ. ދިއްދޫގެ ކުޅިވަރު އެކަޑަމީ އެއްކަމަށްވާ "ފަތޯ އެކަޑަމީ" ގުޅިގެންނެވެ. މި ކޭމްޕްގައި ކިޔަވައިދޭނީ ފަތޯ އެކަޑަމީގެ ހެޑް ކޯޗު އަދި ތަޖުރިބާކާރު ހޭންޑްބޯލް އިންސްޓްރަކްޓަރު ފަތުހުﷲ ޖަމީލެވެ. އޭނާއަކީ ތަޖުރިބާކާރު ހޭންޑްބޯލް ރެފްރީއެކެވެ.

މި ކޭމްޕްގައި ޕްރެކްޓިކަލް ކުލާސްތަކާއި ތިއަރީ ކުލާސްތައް ކުރިއަށް ގެންދާނެއެވެ.