"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ޒޯން އެކެއްގެ ފައިނަލުން ނައިވާދޫއާއި އުތީމް ޖާގަ ހޯދައިފިއެވެ.

މި ޒޯންގެ ގްރޫޕް ސްޓޭޖް ފަހު މެޗުތައް ރޭ ކުޅެފައިވާއިރު ނައިވާދޫއިން ވަނީ ނޮޅިވަރަމްގެ މައްޗަށް 5-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. އެ ޓީމް ގްރޫޕް ބުރު ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހޯދި ނުވަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮވެގެންނެވެ.

Ad
rt

މި ގްރޫޕްގައި ރޭ ދިއްދޫއާއި އުތީމް ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ޒޯން ފައިނަލުން އުތީމް ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހޯދި ހަ ޕޮއިންޓާއިއެކު ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މި ދެ ޓީމް ހއ.އަތޮޅު ފައިނަލުގައި ވެސް ވާދަކޮށްފައިވެއެވެ. އެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ތަށި ހޯދީ ދިއްދޫއެވެ. ނަމަވެސް ރޭ އުތީމުން މިވަނީ ދިއްދޫގެ މައްޗަށް ބަދަލުހިފައި ޒޯން ފައިނަލަށް ދަތުރު ކޮށްފައެވެ.

ނައިވާދޫއާއި އުތީމް ބައްދަލުކުރާ ޒޯން އެކެއްގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މާދަމާ ރޭ 20:00 ގައި އެވެ. ނައިވާދޫއަކީ މިދިޔަ އަހަރުގެ ވެސް ޒޯން އެކެއްގެ ޗެމްޕިއަން ޓީމެވެ.