ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި ބަންދު ކުރަނީ މަސައްކަތެއް ކުރުމަށެވެ.
މިގޮތުން މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް އެފަޅި ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ.
އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް ބަންދުވާނެ ވާނެ ވާހަކަ ދަންނަވަން.
— Maldives Police (@PoliceMv) December 25, 2023
''އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރައްވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރެއްވުމަށް އިލްތިމާސްކުރަން.'' ފުލުހުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!