ހުރަވީ ދުވަހުގެ ޚާއްޞަ މައުރަޒު" ދޮންބަންޑާރައިންގެ ހަނދާނީ މަޢުރަޒު" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ރާއްޖޭގެ 1445 ވަނަ އަހަރުގެ ހުރަވީ ދުވަހަކީ އިއްޔެ އެވެ. ހުރަވީ ދުވަހުގެ ޚާއްޞަ މަޢުރަޒު" ދޮންބަންޑާރައިންގެ ހަނދާނީ މަޢުރަޒު" އަކީ ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ހިންގަވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Ad
rt

މި މައުރަޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ، ސާޖިދާ މުޙައްމަދު އެވެ.

މި މައުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މައުރަޒެކެވެ.

މި މައުރަޒުގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކާއި، އިހުގައި ބޭނުންކޮށްފައިވާ ބައެއް ހަތިޔާރުތައް ހިމެނެއެވެ.

ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކުގެ ތެރޭގައި ތުރުކުރެއްވި ފަގުޑިކޮޅާއި، ބޭނުންކުރެއްވި ލޮންސިކޮޅާއި، ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެއެވެ. އަދި މަލާބާރީން މާލެއަރައި ހިންގި ކަންކަމާ ބެހޭ ޚުލާސާ މަޢުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅެއްވެސްވެއެވެ.

މި އަހަރުގެ ހުރަވީ ދުވަސް ސަރުކާރުން ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފައެވެ.