ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ބޭސިކް ފަހާ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މި މަހު ހަތަރުވަނަ ދުވަހު ބާއްވާފައިވާއިރު، ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައި ވަނީ 18 ބައިވެރިންނެވެ.

Ad
rt

މި ކޯހުގެ ބައިވެރިންނަށް ބާލީސް އުރަ، އާދައިގެ ހަރުވާޅު، އާދައިގެ އަރިފެޅި ހެދުން، ބޮޑު ހެދުން، ވަށްބުރުގާ ފަދަ ތެކެތި ފަހަން ދަށްކޮށްދީފައި ވެއެވެ. މީގެއިތުރުން މިން ނަގަށާއި މިން ނަގައިގެން ކަނޑަން ދަސްކޮށް ދީފައިވެއެވެ.

މި ކޯސް ހިންގުމުގައި "ފަނާރު" ގެ ފަރާތުންނާއި ނޮޅިވަރަންފަރު ކައުންސިލާއި ކޯހުގެ ބައިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ކޮމެޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ކޯސް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަކީ ވަރަށް ހަރަކާތްތެރި ކޮމެޓީއެއްކަން ފާހަގަކޮށްލެވެއެވެ.