އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް، (އައިއެލްޓީއެމް) ކޭންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ފަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތެރިވާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.
މި ފެއާ ކުރިއަށްދަނީ މިމަހުގެ 4- 7 އަށް ފްރާންސްގެ ޕްލޭ ޑެ ފެސްޓިވަލްސް އެ ޑު ކޮންގްރޭގައެވެ.
އައިއެލްޓީއެމް ކޭންއަކީ ފްރާންސްގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކުގެތެރެއިން އެންމެ ބޮޑު އެއް ފެއާއެވެ. މި ފެއާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓްތަކުގެ ތެރެއިން ފްރާންސާއި އެމެރިކާ، ޔޫކޭ، އިޓަލީ އަދި ޖަރުމަނުގެ ލަގްޒަރީ ޓްރެވަލް ޓްރޭޑް މެންބަރުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އައިއެލްޓީއެމް ކޭންގައި އިންޑަސްޓްރީ ޕާޓްނަރުންނަށް ޓްރެވަލް ޓްރޭޑާއި ބައްދަލުކޮށް، ޕާޓްނާޝިޕްތައް އިތުރުކޮށް ރާއްޖޭގެ ލަގްޒަރީ ސެގްމަންޓާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވަކިވަކި ލަގްޒަރީ ޕްރޮޕަޓީތަކާއި ތަޖުރިބާތައް ޕްރޮމޯޓުކުރުމުގެ ފުރުސަތުތައް ވެސް ލިބިގެންދާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ގުޅިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!