ގެއްލިގެން ހޯދަން ފުލުހުން މިއަދު ޢިއުލާންކުރި މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ހުޅުމާލެ ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ.

މުއްރަތު އަލީ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން އަންނާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް މިއަދު ހެނދުނު ވަނީ އެދިފައެވެ.

Ad
rt

30 އަހަރުގެ މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ.

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި

އޭނާ ހޯދަމުން ދަނިކޮށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އޭނާ ގޮސްފައިވާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މުއްރަތަކީ ސިނާއީ ރަށް، ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ މީހެކެވެ.