ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި "އެޗްއާރުއެފް ސީސީ ކަޕް 2023" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބާވީސް ސްޕޯޓްސް ކްލަބް ބަލިކޮށް ދަންމަރު ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުންއިރު، މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 0-0 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ދަންމަރުން ކުރިހޯދީ 3-1 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދަންމަރު ޔުނައިޓެޑްގެ އުނެއިސް ޒުބެއިރެވެ.

Ad
rt

މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަށް ދަންމަރު ޔުނައިޓެޑްގެ އިބްރާހީމް ނަދީމް އާދަމް ހޮވުނުއިރު މުބާރާތުގެ ޓޮޕް ސްކޯރާއަށް ހޮވުނީ އެފްސީ ފްރިގޭޓާގެ އަބްދުﷲ ޔާމީންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ދަންމަރު ޔުނައިޓެޑްގެ ކޯޗް މުހައްމަދު ނާޝިރު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދަންމަރު ޔުނައިޓެޑްގެ އުނެއިސް ޒުބެއިރެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކޮށްފައި ވެއެވެ. އެ ޓީމްތަކަކީ ދަންމަރު ޔުނައިޓެޑް، ދަންމަރު ޕްރޯ، 22 ސްޕޯޓްސް ކްލަބް، ހޯރަ 22، އެފސީ ފްރިގޭޓާގެ އިތުރުން ފްރގޭޓާ ޔަންގް އެވެ.