ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ވިސާމާ (ކަދުރުމާގެ/ސ.ހިތަދޫ) މިރޭ ފެނިއްޖެ އެވެ.
އުމުރުން 39 އަހަރުގެ ވިސާމާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފުލުހުން މިރޭ އިރުއޮއްސި 6:03 ހާއިރު ވަނީ ވިދާޅުވެފައެވެ. އަދި މިރޭ 10:49 ގައި ފުލުހުން ވިދާޅުވީ ހޯދަމުން ދިޔަ ވިސާމާ ފެނިފައިވާ ކަމަށެވެ.
އަންހެނަކު ގެއްލުނުތާ 7 ވަނަ ދުވަސް، ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
''އާއިޝަތު ވިސާމާ މިރޭ 22:30 އެހައިކަންހާއިރު މާލެއިން ވަނީ ފެނިފައި. ހާލު ރަނގަޅު'' ވިސާމާ ފެނުނުކަން ހާމަކުރައްވަމުން ފުލުހުން ވިދާޅުވެފަ ވެއެވެ.
ވިސާމާ ފެނުނުނަމަވެސް، ވިސާމާ ގެއްލުމާއިގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!