ރާއްޖޭގައި ހަމުގެ ބަލިތަކަށް ހާއްސަވި އެންމެ ފުރަތަމަ އެއް ޑޮކްޓަރު ކަމުގައިވާ، ޑރ. މުހައްމަދު އާދިލް ރަޝީދު ނިޔާވެއްޖެ އެވެ.

ޑރ. އާދިލް ރަޝީދުއަކީ ހދ ވައިކަރަދޫ ޖޭމުގޭ އަބްދުﷲ ހުސައިންގެ އިބްރާހިމް ރަޝީދު ގެ ދަރިކަލެކެވެ.

Ad
rt

އުމުރުން 52 އަހަރުގައި ޑރ. އާދިލް ނިޔާވެފައި ވަނީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮންނެވެ.

ޑރ އާދިލް ރަޝީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ޢަޞުރު ނަމާދުގެ ފަހުގައި ކޮލަމްބޯގެ ޖާވައްތަ ޖުމްޢަ މަސްޖިދުގައެވެ.

ޑރ. އާދިލް އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ބައެއް އަމިއްލަ ކްލިނިކުތަކުގައި މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރެކެވެ.