މޯލްޑިވްސް ބިޒްނަސް އެވޯޑް 2019 ގެ މި އަހަރުގެ ޕަބްލިކް އެންޓަޕްރައިސް އަކަށް، ނުވަތަ ސަރުކާރުގެ ކުންފުނި ތަކުގެ ތެރެއިން 2019 ވަނަ އަހަރު އެންމެ ރަނގަޅު ކުންފުންޏަކަށް ސްޓެލްކޯ ހޮވިއްޖެއެވެ.

އަހަރުގެ ޕަބްލިކް އެންޓަރޕްރައިސަސް އެވޯޑް ސްޓެލްކޯ ކާމިޔާބުކުރީ، މިހިނގާ ޑިސެމްބަރު 21 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގެ ގާލާގަ އެވެ.

Ad
rt

އަހަރެއްގެ މުއްދަތުގައި ވިޔަފާރިތަކުން ހޯދާ ކުރިއެރުންތައް ފާހަގަ ކުރުމުގެ ގޮތުން ދޭ ބިޒްނަސް އެވޯޑްސްގެ އެންމެ ފުރަތަމަ ހަފްލާ ބޭއްވީ މިދިޔަ އަހަރުގަ އެވެ.

މި އަހަރު މި އެެވޯޑުގައި 150 އަށް ވުރެ ފަރާތުން ބައިވެރިވެ 50 އަށް ވުރެ ގިނަ ފަރާއްތަކުން ފައިނަލިސްޓް ކުރެވިފައިވެ އެވެ.

މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބޭއްވި މިއެވޯޑް ހަފްލާގައި، މިއަހަރު ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.

ސްޓެލްކޯވަނީ މިދިޔަ އަހަރު އެކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ހޯދާފައެވެ. އެފައިދާއަކީ، އޭގެ ކުރީއަހަރާ ބަލާއިރު 20 ޕަސެންޓް ފައިދާއެކެވެ.

ސްޓެލްކޯ އިން ވަނީ މިއަހަރު ބޮޑު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިކައަށް ގެންގޮއްސައެވެ. އެގޮތުން 79 މިލިއަން ޑޮލަރުގެ ފިފްތު ޕަވާ ޕްރޮޖެކްޓުގެ އިތުރުން، 44 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މާލެ އާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމުގެ ޕްރޮޖެކްޓެވެ. ފިފްތު ޕަވާ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން 50 މެގަވޮޓްގެ ކެޕޭސިޓީ ހުޅުމާލޭގައި ގާއިމްކޮށް ވަނީ ނިންމާ ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

ސްޓެލްކޯއަކީ މިސަރުކާރުގައި އެންމެ ފުރަތަމަ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެށި އެއް ކުންފުނި ކަމަށް އެކުންފުނީގެ އެމްޑީ ހަސަން މުޣުނީ ވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމީޓީގައި ވިދާޅުވެފައެވެ.