މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް 200،000 ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.
ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި އެތަނުގެ މުވައްޒަފުންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެހީވުމަށް 200،000 ރުފިޔާ މިހާރު ވަނީ ދިވެހި ރެޑްކްރެސެންޓާއި ހަވާލުކޮށްފައެވެ.
މިއަދު ހެނދުނު ކަސްޓަމްސް ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ފަލަސްޠީނަށް ދޭ ރުފިޔާގެ ޗެކު ދިވެހި ރެޑްކްރެސެންޓާއި ހަވާލުކޮށްދެއްވާފައި ވަނީ އެތަނުގެ ޑެޕިއުޓީ ކޮމިޝަނާ މަހަމޫދު ރިޔާޟެވެ.
ކަސްޓަމްސްގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް 200،000 ރުފިޔާ ހަދިޔާ ކުރިއިރު، ސަރުކާރުގެ ބައެއް މުއައްސަސާތަކުންނާއި، ކުންފުނިތަކުންނާއި، ރަށު/ސިޓީ ކައުންސިލްތަކުންނާއި، ރަށްތަކުގެ ރައްޔިތުންނާއި، ކްލަބް ޖަމިއްޔާތަކާއި އަމިއްލަ ވިޔަފާރި/ކުންފުނި އަދި ގިނަ އަދަދެއްގެ ދިވެހި އާންމު ފަރުދުން ވެސް އަންނަނީ ފަލަސްތީނަށް އެހީވުމުގައި ބައިވެރިވަމުންނެވެ.
Customs donates MVR 200,000 to aid the people of Gaza .
During a small ceremony held this morning, Deputy Commissioner Mahmood Riyaz handed over the donation cheque to the @maldivianrc #freepalestine pic.twitter.com/1uHcvyLPSb— Maldives Customs Service (@CustomsMv) November 16, 2023
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލުން ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނާއި ދެކޮޅަށް ފެށި ލާއިންސާނީ އުދުވާނުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣާއްޒާގެ އަސާސީ ޚިދުމަތްތައް ހިފަހައްޓައި، އެތަނުގެ ރައްޔިތުން އަސާސީ، އިންސާނީ ޚިދުމަތްތަކާއި ކަންކަމުން މަޙްރޫމްކޮށްފައިވާއިރު އެތައް ހާސް ބަޔެއްގެ ގެދޮރު ސުންނާފަތިކޮށް ވަނީ މަގުމަތިކޮށްލާފައެވެ.
ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް އެތައް ރައްޔިތުންނެއް ޝަހީދު ކުރަމުންދާއިރު، އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ހަމަލާތައް ހޮސްޕިޓަލްތަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގެ ޚިދުމަތްތެރިންނާއި އެތަންތަނުގެ އެމްބިއުލާސްތަކަށް ވެސް އަންނަނީ އަމާޒު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!