މާލޭގައި މިރޭ ދެ މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މާލޭގައި މިރޭ ވަނީ ދެ މާރާމާރީއެއް ހިނގާފައެވެ.
މީގެ ތެރެއިން އެއް މާރާމާރީއަކީ ހެންވޭރުގައި ހުންނަ ގެއެއްގައި ހިނގާފައިވާ މާރާމާރީއެކެވެ. މި މާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 22:34 ހާއިރު އެވެ.
މިރޭގެ ދެވަނަ މާރާމާރީ ހިނގާފައި ވަނީ މާލޭގެ ބޭންކް އޮފް ސިލޯން ބްރާންޗް ކައިރީގައެވެ. މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 21:46 ހާއިރުއެވެ.
''މި ދެ މާރާމާރީ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވޭ'' ފުލުހުން މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފަވެއެވެ.
މި ދެ މާރާމާރީގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މި މާރާމާރީތަކުގައި މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ހާމަކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!