މިހިނގާ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލުކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޤާސިމް ޙަސަންގެ މަރުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފިރިހެނެއް ކަމަށެވެ. އެމީހާއާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

Ad
rt

މި މައްސަލާގައި ފުލުހުންގެ ތަހުގީގު ޓީމުން ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު މާދަމާ ހާމަކުރައްވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ