ކެންޔާގައި ކިޔަވަމުން އަންނަ ސްކޫލެއްގެ ދަރިވަރުންތަކެއް ހިނގަން އުނދަގޫވެ، އެ ގައުމުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.

އަލް ޖަޒީރާ އިން އިއްޔެ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ޔުނިފޯމް އަޅައިގެން ތިބި އަންހެން ކުދިންތަކެއް ހިނގަން އުނދަގޫވެގެން އުޅޭ ތަނެވެ. އެހެން ވީޑިއޯއެއްގައި ފެންނަނީ ސްކޫލްތަކުގެ ބޭރުގައި ދަރިވަރުންތަކެއް ހާސްވެގެން ހަޅޭއްލަވަމުން އަންނަ މަންޒަރެވެ.

Ad
rt

ހިނގަން އުނދަގޫވެގެން އުޅޭ ބައެއް މީހުންނަށް އެހީތެރިވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ގާތްގަނޑަކަށް ކެންޔާގެ ދެކުނުގައި ހުންނަ ސްކޫލަކުން 90 ދަރިވަރުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

އަދި މި ކުދިންގެ ލޭގެ ޓެސްޓް ހެދުމަށްޓަކައި ލޭ ނަގައި މެޑިކަލް ރިސާޗް އިންސްޓިޓިއުޓަށް ވަނީ ފޮނުވައިފައެވެ.

ކެންޔާ ސަރުކާރުން ބުނެފައި ވަނީ މިކަން ހިނގީ ކީއްވެގެން ކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ފިޔަވަޅުތައް ހަރުދަނާ ކުރެވެން ދެން ކްލާސްތަކުގައި ކިޔަވައި ދިނުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.