ތިލަދުންމަތީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "އެޗް އާރު އެފް ސީސީ ކަޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓް ކުރެއްވުމަށް ހޯރަފުށީ ކައުންސިލުން އެދިލައްވައެވެ.
މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 14:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރިފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ބަނީ އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ކުޅިވަރުގެ ރޫހާއި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާކުރުމާއި ފުޓްބޯޅާގައި ހުނަރުވެރި ޒުވާނުން އުފެއްދުމާއި ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ކަސްރަތު ލިއްބައި ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!