ސައޫދީ އަރަބިއްޔާގައި ބައެއް ސޭޓުން އަދިވެސް މިސްކިތައްދަނީ ފިހާރަތައް ހުޅުވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާ އަނާރާ މިގޮތަށް ވިދާޅުވެފައިވަނީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓްގައި އަނާރާ ވިދާޅުވެފައިވަނީ، ސައޫދީ ބައެއް ސޭޓުން އެބައިމީހުންގެ ފިހާރަތައް ހުޅުވާފައި ބަހައްޓާފައި ނަމާދާދާ ދިއުން ހާމަކޮށްދެނީ ސައުދީ އަރަބިއްޔާގައި އަމާންކަމާއި ރައްކާތެރިކަން އޮތް މިންވަރުކަމަށެވެ.

ސައުދީ އަރަބިއްޔާއަކީ، ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަމަށާއި، އެކި ދުވަސްވަރު އޮންނަ އުމްރާގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް ޒިޔާރަތްކުރާ ޤައުމެކެވެ.

ސައުދީ އަރަބިއްޔާއަކީ އާބާދީގައި 34 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޤައުމެކެވެ.