ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް، އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ، އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކު ވެސް ދެކޮޅު ނަހައްދަވާނެ ކަމަށެވެ.

Ad
rt

އެހެންނަމަވެސް ގާސިމްގެ ޓްވީޓުގައި ވަނީ ދިވެހިދައުލަތުގައި އޮތް އެންމެހައި ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްގުން އެއްބައި ރައްޔިތުން މަހްރޫމުވެފައި، އަދި ހަމަ އެބިމުގައި އިމާރްކޮށްފައިވާ އިޖްތިމާއީ ބޯ ހިޔާވަހިކަމުގެ ކުދިކުދި ފްލެޓްތަކުން 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމައަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ކުރީގެ ހުރިހައި ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މައާފުކޮށްދރއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގައުމީ ކެންޑިޑޭޓުގެ ވެރިކަމެއްގައި ގާސިމް ކޮންމެ ރަށަކަށް ކޮށްދެއްވުމަށް ވައުދުވެލެއްވި ކަންތައްތަކުގެ ތެރޭގައި ބަނދަރު މަތީ މިސްކިތެއް އަޅައިދިނުމާއި ބަނދަރު މަތީ ފާހާނާ ބަރިއެއް އަޅައިދިނުމާއި ސްކޫލްތަކުގެ ކްލާސްރޫމްތަކާއި މިސްކިތްތަކުގައި އޭސީ ހަރުކޮށްދިނުން ހިމެނއެވެ. އަދި ސްކޫލްތަކުގައި މި ޒަމާނުގެ ކޮމްޕިއުޓާ ލެބެއް ގާއިމްކޮށްދިނުން ވެސް ހިމެނެއެވެ.

މީގެ އިތރުން ސްކޫލްތަކުގައި ސްމާޑް ބޯޑާއި 75 އިންޗީގެ ޓީވީ ހުރިހާ ގާއިމްކޮށްދީ، ކޮންމެ ރަށެއްގައި ހިނަވާ ގެއެއް ގާއިމްކޮށްދިނުމަށް ވެސް ނިންމާފައިވާއިރު، ކޮންމެ ރަށަކުން އެދޭ ފަސް ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވަނީ ކުރިން ވިދާޅުވެފައެވެ.