އެސްޓީއޯއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކާއި ވާދަ ކުރުމާ ދުރަށް ދިޔުމަށް މަސައްކަތް ފަށާފަކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއަޖެއެވެ.
އަމްރު މިހެން ވިދާޅުވީ އިއްޔެ އެސްޓީއޯއިން ކުލަ ލައިދިނުމުގެ ޚިދުމަތް ފެށި ހެޑްލައިންސް އާ ގުޅިގެން ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވުމާ އެކު މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ނެވެ.
އެސްޓީ އޯގެ އެމްޑީ ޙުސަައިން އަމްރު ވިދާޅުވީ އެސްޓީއޯއިން ކުރިންވެސް ދިޔައީ ކުލަ ވިއްކަމުންކަމަށާއި އެސްޓީއޯއިން ވަނީ އިއުލާނު ކޮށްގެން ކުލަލާ ކުޑަ ކުންފުންޏެއް ހޯދާ ސިގަޕޫރުން އެކްސްޕަރޓުން ގެނެސް ތަމްރީންދީފައި ކަމަށެވެ.
އެސްޓީއޯއިން ކުލަ ގަތުމުން އެ ކުޑަ ކުންފުންޏަށް ފައިސާ ލިބޭނެ ގޮތަށް ކުލަ ލައިދެވޭނެ އިންތިޒާމެއް ހަމަޖައްސާފަ. މިކަމުގެ ސަބަބުން ކުލަލުމުގެ މަސައްކަތްކުރަމުން ދިޔަ ކުޑަ ވިޔަފާރި އަކަށް މަސައްކަތް ލިބި އާމްދަނީ އިތުރުވެގެން ދާނެ. ކުއްލިއަކަށް ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓާލުމުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދާނެ. އެއީ އެއްގޮތަކަށްވެސް ސަރުކާރުގެ ސިޔާސަތެއް ނޫން، އެސްޓީއޯއިން ބޮޑެތި ވިޔަފާރިތަކަށް އަމާޒުކުރުމުގެ ގޮތުން ފެށޭ އަހަރު ޝިޕިން ލައިނެއްގެ ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުން.
މިކަން އާންމުންނަށް ސާފުކޮށްދެމުން އަމްރު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
އެސްޓީއޯއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކާއި ވާދަ ކުރުމާ ދުރަށް ދިޔުމަށް މަސައްކަތް ފަށާފަ ކަމަށާއި އިލެކްޓްރޯނިކްސް ވަނީ ހުއްޓާލެވިފައި އަދި އެސްޓީއޯ ސުޕެރްމަރްކެޓް ރީޓެއިލް ސެލްފްތައްވެސް ދަނީ އެކި ފަރާތްތަކަށް ކުއްޔަށް ދެމުންކަމަށް އަމްރު ބުނެފައި ވެއެވެ.
އަދި ފުޑް ސެކިއުރިޓީ އަށް ބާރު އެޅުމުގެ ގޮތުންނާ ދަންޑުވެރިންނަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން ހައްދާ ތަކެތި ވަގުތުން ގަތުމަށާއި، މިކަމަށް ތޮއްޑޫ ގައި މިތަކެތި ގަނެ، ކިރާ، ސާފުކޮށް، ޕެކް ކޮށް، ޑިސްޓްރިބިއުޓް ކުރާނެ އެގްރިސެންޓަރ އެޅުމަށް މިހާރުވަނީ އިއުލާން ކުރެވިފައިކަމަށް އަމްރު ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!