ރާއްޖެ ބަދަލުކުރުމުގެ ކޮންމެ ބަދަލެއްގެ މަރުހަލާއެއްގެ އެންމެ ބަރު އުފުލާފައިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކޮނޑުފުޅުން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫގައިި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގާސިމް މަސައްކަތް ކުރައްވަނީ ވަރަށް އާދޭހާއެކު ރައްޔިތުންނަށް އުންމީދުތަކެއް އޮވެގެން ކަމަށާއި ވެރިކަމަށް އަންނަ ސަރުކާރަކުން މި ގައުމަށް ރަނގަޅު ހެޔޮކަމެއް މި ގައުމަށް ކޮށްދެއްވާނެ ކަމަށް ގާސިމް އުންމީދު ކުރައްވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ފްލެޓް ދޭނެ ކަމުގެ ވާހަކަ ވެސް އެންމެ ފުރަތަމަ ދެއްކެވީ ގާސިމްކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ ސިނަމާލެ ބްރިޖްގެ ވާހަކަ ވެސް އެންމެ ފުރަތަމަ ދެއްކެވި ގާސިމް ކަމަށެވެ.

ހަމަމިއާއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނިކުތް ނަތީޖާގެ އަލީގައި މި ގައުމަށް ހެޔޮކަމެއް އައިސްފައި ހުރިނަމަ އެކަމުގެ 50 އިންސައްތަ ގާސިމަށް އޭނާ އަރުވާ ކަމަށާއި އޭރު ޕީޕީއެމްއަށް ވެރިކަން ހޯދައިދިނުމަށް ގާސިމް މަސައްކަތް ކޮށްނުދެއްވިނަމަ، ޕީޕީއެމްއަށް ވެރިކަން ނުލިބުނީސް ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.