ފްރާންސް ފުލުހުން ދިން އަނިޔާތަކެއްގައި އެ ގައުމުގެ ކަޅު ނަސްލުގެ ޒުވާނަކު މަރުވުމުން ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ, ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފި އެވެ.
ފްރާންސް ފުލުހުން މަގުމަތިން ހުއްޓުވުމަށްފަހު މަރާލީ 17 އަހަރުގެ ކަޅު ނަސްލުގެ ފިރިހެން ކުއްޖެކެވެ. މިކަމާ ދެކޮޅަށް މިދިޔަ ހަފުތާއިން ފެށިގެން ހިނގަމުންދާ މުޒާހަރާތައް ކޮންޓްރޯލް ނުވެ މިހާތަނަށް 1,000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެ އެވެ.
ހަމަނުޖެހުން ފެށުނު ފަހުން ހަމަނުޖެހުން ހިންގާ މީހުން ވަނީ 2000 އުޅަނދު އަންދާލައިފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލްކުރަން ނިކުތް 200 އަށް ވުރެ ގިނަ ފުލުހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ބޭންކްތަކާއި ފިހާރަތައް ވެސް ދަނީ ލޫޓުވަމުންނެވެ.
ރައީސް އިމަނުއެލް މެކްރޮން ވެސް ވަނީ ޖަރުމަނަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ފަސްކުރައްވާފަ އެވެ. އަދި ވަކި ގޮތެއް އަންގަންދެން ސަރުކާރުގެ "ކްރައިސިސް ޔުނިޓް" އެކްޓިވޭޓް ކުރެއްވުމަށް އޭނާ ވަނީ އަންގަވައިފަ އެވެ.
ފްރާންސްގެ އެންމެ ބޮޑު ތިން ސިޓީ ކަމަށްވާ ޕެރިސް، ލިޔޯން އަދި މާސޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ގެނައި ސްޕެޝަލައިޒްޑް އެލައިޓް ޔުނިޓްތަކާއި އާމަޑް ވެހިކަލްތަކާއި ހެލިކޮޕްޓަރުތަކާއެކު 45،000 އެއްހާ ފުލުހުން މަގުމަތީގައި ތިއްބެވެ. އަދި ރޭގަނޑު ވަގުތު ކާފިއު ވަނީ އިއުލާންކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!