މާލެއިން ފުރައިގެން ދަތުރު ކުރި ހދ. މަކުނުދޫ '' ހޮރީޒިއާ 2'' ބޯޓުގައި ރޯވެ އަނދާފައިވާއިރު، އެ ބޯޓުން ދަތުރު ކުރި އެންމެން ބ. އަތޮޅު ކަމަދޫ އަށް ގެންގޮސްފިއެވެ.

އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އަންހެނެއް އަދި ކުޑަކުއްޖަކު ވެސް ނުހިމެނެއެވެ.

Ad
rt

މި ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ މުހައްމަދު ހަމީދު ކަމަދޫގައި ހުރެ ''ތިލަދުން'' އަށް ބުނީ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަކުނުދޫ ބޯޓެއްގައި ރޯވެއްޖެ

އޭނާ ބުނިގޮތުގައި ބޯޓުގައި ފުރަތަމަ ރޯވީ އިންޖީނު ރޫމްގެ ބެޓެރީއެއް ސްވިޗާއި ގުޅާފައިވާ ނަރުގައެވެ. އޭގެ ފަހުން ކުއްލި އަކަށް އިންޖީނު ރޫމްގައި އަލިފާން ހިފީއެވެ.

ބޯޓުގައި ރޯވުމުން ފޯސީޒަން ލަނޑާގިރާ ވަރު ލޯންޗެއް ގޮސް އެ ބޯޓުން ދަތުރު ކުރި 10 މީހުން ވެސް ވަނީ އެ ލޯންޗަށް ނަގައި ސަލާމަތްކޮށްފައެވެ.

މި ބޯޓަކީ މާލެއާއި ހދ. މަކުނުދޫގެ އިތުރުން ރ. ރަސްގެތީމަށާއި އަދި އެ އަތޮޅު އަލިފުއްޓާ ދެމެދު ދަތުރުކުރާ ބޯޓެކެވެ.