ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން މިރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސްގެ ޢަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ތަގްރީރެއް ހިމަނައިފިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއްތިހާދުން އަންނަނީ މިރޭ ވެެރިރަށް މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުންނެވެ.

Ad
rt

މި ޖަލްސާގެ އެޖެންޑާ ޕީޕީއެމުން މިހާރު ޢާންމުކޮށްފައިވާއިރު، ކީރިތި ޤުރުއާނަށްފަހު ޖަލްސާ ފެށުމާއެކު އެ އެޖެންޑާގައި ހިމަނާފައި ވަނީ މިވަގުތު ޖަލު ޙުކުމެއްގައި ހުންނެވި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ތަޤްރީރެކެވެ.

ޔާމީންގެ ތަގްރީރަށްފަހު މި ޖަލްސާގައި ވާހަކަ ދައްކަވާ ކުރިއަށް އޮތް ރިޔާސީ ރޭހުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބު މުހައްމަދު މުނައްވަޒު ހިމެނެއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި، ކެންދޫ ދާއިރާގެ މެންބަރުން ޢަލީ ޙުސައިންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވެސް މިރޭ ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި ހިމެނެއެވެ.