ފާފު އަތޮޅު ފިލިތެޔޮ ކައިރީ ކަނޑުއަޑިއަށް ފައްތާފައި ހުރި 45 ކިލޯގެ މަސްތުވާތަކެތި ފެނުނުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފިލިތެޔޮ ރިސޯޓު ކައިރި ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އަތޮޅުގައި އޮޕަރޭޝަނެއް ފެށީ 18 މެއި 2023 ގައެވެ.
ފުލުހުން މިރޭ ވިދާޅުވިގޮތުގައި މިހާރު ވަނީ އެ އޮޕަރޭޝަން ނިންމާލާފައެވެ.
ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
މި އޮޕަރޭޝަންގައި މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، އޮޕަރޭޝަންގެ ތެރެއިން ކަނޑުއަޑިއަށް ފައްތާފައި ހުއްޓާ ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށް ވާ ހޮރޮއިން ކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެތަކެތީގެ ބަރުދަނުގައި 45 ކިލޯ ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!