ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން ހޯދައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް މިރޭ 7:14 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފ. އަތޮޅު ފިލިތެޔޮ ރިސޯޓު ކައިރި ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރިކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އަތޮޅުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

މި މައުލޫމާތާއި ގުޅިގެން ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ކަނޑު އަޑިން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

''އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި'' ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ދިވެހި ފުލުހުންގެ ޅިދުމަތުން ވަނީ ވިދާޅުވެފައެވެ.