ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮދޭ ޕްރޮގްރާމް އެ ރަށުގައި ފަށައިފިއެވެ.

މިއީ މުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނބަލުންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުމްލަ 17 ބައިވެރިންނާއިއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މުރައިދޫ ސްކޫލްގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް މުރައިދޫ ޑަބްލިއުޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.