މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މއ. ބޯގަންވިލާ ގޭގަ އެވެ.

Ad
rt

އެ ސަރަހައްދުގައި ހުރި މީހަކު ''ތިލަދުން'' އަށް ބުނީ އެ ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނާތީ ފެންނަކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، މއ. ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން ވަނީ މިހާރު ކޮންޓްރޯލް ކޮށްފައެވެ.

''މީހަކަށް އަނިޔާއެއް ނުވޭ'' އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކޮޓަރިއެއްގައެވެ. އަދި ކޮޓަރިވަނީ ހުރިހާ އެއްޗެއްސަކާއެކު ބޭނުންނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް ވިދާޅުވިއެވެ.