ދެކުނުގެ ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ،

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސައުތް ސެންޓްރަލް ޕޮލިސް ރީޖަން (މ. ފ. ދ. ތ. ލ އަތޮޅު) ހިމެނޭ ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް އޭޕްރިލް 29 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން މެއި 2 ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުން 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން ބަނދުގައި ބެހެއްޓުމަށް 30 ދުވަސް ދީފައިވާ ކަމަށް ވެސް ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.