ފޯރިގަދަ ފިއްލަދޫ ހޮލިޑޭ ކަޕްގެ ޗެންޕިއަންކަން އެފްސީ ޑީޖޭ އަމިކޯ ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްގައި އެފްސީ ޑީޖޭ އަމިކޯ އާއި ބައްދަލުކުރީ މިދިޔައަހަރު ޗެންޕިއަން ޑަޒަލިން ރޯވާރސް އެވެ. މިމެޗުގެ ފުރަތަމަ ގޯލް އަކީ ޑަޒަލިން ރޯވާރސް ގެ ޑިފެންޑަރ އާދަމް ނަސީމްގެ އަތުން ބައިކޮޅަށް ވަންގޯލެކެވެ. އެފްސީ ޑީޖޭ އަމިކޯގެ ދެވަނަ ގޯލް ޖަހައިދިނީ ހުސައިން ޒިމްޔާންއެވެ. މިގޯލާއިއެކު ޑަޒްލިން ރޯވާރސް އެޓޭކްތައް ވަރުގަދަކޮށް ގޯލަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަތަނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޑަޒްލިން ރޯވާރސްއަށް ލިބުން ޕެނަލްޓީ ކާމިޔާބުކޮށް ފަރަގު ކުޑަކުރިއެވެ. އަބްދުﷲ އިޙްވާން (ޑުންގާ) ޖެހި ޕެނަލްޓީ ކާމިޔާބުވުމާއިއެކު އެޓީމަށް އިތުރު ހިއްވަރެއް ލިބިގެން ދިޔައެވެ. ނަމަވެސް މެޗުގެ ބާކީ އޮތް ކުޑަ ވަގުތުކޮޅުގައި އެފްސީ ޑީޖޭ އަމިކޯގެ ޑިޕެންސްލައިން ފޫއަޅުވާލާ އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ.
މެޗް ނިމިގެން ދިޔައީ މިދިޔަ އަހަރުގެ ފައިލްގައި ޑަޒްލިން ރޯވާރސް އަތުން އެފްސީ ޑީޖޭ އަމިކޯ ބަލިކުރުމުގެ ބަދަލުހިފައި މިމުބާރާތުގެ ތަށި 6 ވަނަ ފަހަރަށް އުފުލާލުމަށް ފަހުއެވެ.
މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ އެފްސީ ޑީޖޭ އަމިކޯގެ ގޯލް ކީޕަރ ހަސަން ސަނީމްއެވެ. އެންމެ މޮޅު ޑިފެންޑަރ އަކަށް ހޮވިފައިވަނީ ޝައިބާން އުސްމާންއެވެ. އެންމެ މޮޅު މިޑްފިލްޑަރ އަލީ ކާމިލް ހޮވިފައިވާއިރު އެންމެ މޮޅު ފޯރވާރޑް އަކަށް ހޮވިފައިވަނީ ޑަޒްލިން ރޯވާރސްގެ އަބްދުﷲ އިޙްވާން (ޑުންގާ)އެވެ. ޑުންގާވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހިކުޅުން ތެރިއަކަށް ވެސް ހޮވިފައެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް އެފްސީ ގޫޕްސްގެ މުޙައްމަދު އަޙްސަމްއެވެ. އެފްސީ ލެޖެންޑްސް ގެ އިބްރާހިމް އަޒީމް ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވާއިރު މުބާރާތުގެ މޮޅުކުޅުންތެރިއަކަށް އެފްސީ ޑީޖޭ އަމިކޯގެ އަލީ އަހްރާޙް (ޒޯލާ) ވަނީ ހޮވިފައެވެ.
ފެއަރޕްލޭ ޓީމްއަކަށް އެފްސީ ގޫޕްސް ހޮވިފައިވާއިރު ރަނަރަޕް ޓީމް ޑަޒްލިން ރޯވާރސް އަދި ޗެންޕިއަން އެފްސީ ޑީޖޭ އަމިކޯ އަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެޙްމާން ސްޕޯރޓްސް ކޯރޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަޙްމަދު (މާއްޓޭ) އެވެ.

ފިއްލަދޫ ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގެ 13 ވަނަ މުބާރާތް މިއަށްވުރެއް ފޯރިއާއި އެކު އަންނަ އަހަރުވެސް ކުރިއަށް ގެންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ. މިމުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެފަރާތުން ވަރަށް ޙާއްސަ ޝުކުރެއްވަނީ އަދާކޮށްފައެވެ.
ފިއްލަދޫ ހޮލިޑޭ ކަޕްގެ 12 ވަނަ މުބާރާތް ކުރިއަށްދިއައީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކާމާއިއެކުއެވެ. އެގޮތުން މިފަހަރުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ކޯސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީ، ޖީއެމްއައިޒެޑްއެލް ގެ އަދި ކޫލް ޓެމްޕް މޯލްޑިވްސް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ”ތިލަދުން“ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!