ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ވޯކްޝޮޕްގައި ނަމާދާއި ގުޅޭ ހުކުމްތައް ދަސްކޮށްދިނުމުގެ އިތުރުން ފުރިހަމައަށް ނަމާދުކުރާނެ ގޮތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ނަމާދުގެ ޒިކުރުތައް ބައިވެރިންނަށް ހިތުދަސް ކޮށްދިނުމާއި ނަމާދުގައި ހެދޭ ގޯސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އުމުރުން 7 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ކިޔަވައި ދެއްވާނީ ސެއިޚް ހުސެއިން ރީހާން އާއި ސެއިޚް އަބްދުﷲ އާމިރުއެވެ.
މި ވޯކްޝޮޕަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޔުނިޓީ ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށޓަކައި ފުރުއްވަން ޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 6 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް އިހަވަންދޫ އަންހެނުންގެ ކޮމެޓީން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!