ހދ.ވައިކަރަދޫ ކައުންސިލުން ހުސްވި އަންހެން ކައުންސިލަރުގެ ގޮނޑިއަށާއި ހުސްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑިއަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ކައުންސިލް ގޮނޑި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބުކުރި އިރު ޑަބްލިއުޑީސީގެ ގޮނޑި އަދާލަތު (އޭޕީ) އިން ކާމިޔާބު ކޮށްފިއެވެ.
ވައިކަރަދޫ ކައުންސިލުގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް، ފާތިމަތު ޝިޒުނާއަށް އިންތިހާބުން ލިބިފައި ވަނީ 283 ވޯޓެވެ. އަދާލަތު ޕާޓީން ވާދަކުރި ކެނޑިޑޭޓް، ފާތިމަތު ނަޒުލާއަށް ލިބިފައި ވަނީ 258 ވޯޓެވެ. އެމްޑީޕީ ކެނޑިޑޭޓް ޝިޒުނާ މި އިންތިހާބުން ކުރި ހޯދާއި، ގޮނޑި ކާމިޔާބު ކޮށްފައި ވަނީ 25 ވޯޓުގެ ތަފާތުންނެވެ.
މި އިންތިހާބުގައި ޖުމުލަ 576 މީހުން ވޯޓު ލާފައިވާއިރު، އޭގެ ތެރެއިން 35 ވޯޓް ވަނީ ބާތިލް ވޯޓްގެ ގޮތުގައި ގުނާފައެވެ.
ހދ. ވައިކަރަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަނުގެ ތެރެއިން ހދ.އަތޮޅު މަދަރުސާގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށްދަނީ pic.twitter.com/LeHXx61D8O
— Elections Commission (@ElectionsMv) March 4, 2023
ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑިއަށް މި އިންތިހާބުގައި އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް، ރަމްޒިއްޔާ އިބްރާހީމަށް ލިބިފައި ވަނީ 163 ވޯޓެވެ. އަދާލަތު ޕާޓީން މި ގޮނޑިއަށް ވާދަކުރި ކެނޑިޑޭޓް، ފާތިމަތު ޒުނައިނާ އަށް ލިބިފައި ވަނީ 376 ވޯޓެވެ. މި އިންތިހާބް އަދާލަތު ޕާޓީން ވާދަކުރި ޒުނައިނާ ކާމިޔާބު ކޮށްފައި ވަނީ 210 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
ހދ. ވައިކަރަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަނުގެ ތެރެއިން މަޖީދިއްޔާ ސްކޫލުގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށްދަނީ pic.twitter.com/9A7YNSHrPo
— Elections Commission (@ElectionsMv) March 4, 2023
މި އިންތިހާބުގައި 576 މީހުން ވޯޓު ލީއިރު އޭގެތެރެއިން 37 ވޯޓް ވަނީ ބާތިލް ވޯޓުގެ ގޮތުގައި ގުނާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު މި އިންތިޚާބުގައި ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1،361 މީހުންނަށެވެ.
މިދެ ގޮނޑީގެ ބައި އިލެކްޝަން ބާއްވާފައިވަނީ މީގެ ކުރިން އިންތިހާބުވެފައިވާ ކައުންސިލް މެންބަރާއި އަންހެނުން ކޮމެޓީގެ މެންބަރު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ ދެމީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!