ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހެވެ.

Ad
rt

މިއަދުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވަމުން ނާޒިމް ވިދާޅުވަނީ ދިވެހިންގެ އަމިއްލަ ފަހުރުވެރި ދިވެހިބަސް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ ކަމަށެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، މިއަދާއި ގުޅިގެން ޔުނެސްކޯއިން ކަނޑައަޅުއްވާފައިވާ ޝިއާރުގެ ދިވެހި ތަރުޖަމާ، ދިވެހިބަހުގެ އެކަޑަމީން މިއަދު ވަނީ އާންމު ކުރަށްވާފައެވެ.

މުހައްމަދު ވަހީދު (މަޑުލު) އާއި މަރިޔަމް ވަހީދާ ކުރައްވާފައިވާ މި ތަރުޖަމާގައި މި ޝިއާރާއިގުޅޭ ތަފްސީލީ ލިޔުމެއް ވެސް އެ ބޭފުޅުން ވަނީ އެކުލަވާލާފައެވެ.

މި ޝިއާރުގެ ދިވެހި ތަރުޖަމާގައި ވަނީ ‘’ގިނަ ބައްސަ ތަޢުލީމު-ތަޢުލީމީ ނިޒާމުގެ ހެޔޮބަދަލަކަށް ޓަކައި ލާޒިމު’’ އެވެ.