ހައި ޖަމްޕުގެ ރާއްޖޭގެ ގައުމީ ރެކޯޑު 27 އަހަރަށްފަހު މުގުރާލައިފިއެވެ.

މި ރެކޯޑު މުގުރާލީ ފުވައްމުލަކު ސީޓީގައި މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައެވެ.

Ad
rt

19 އަހަރުން ދަށުގެ އަންހެން ހައިޖަމްޕު އިވެންޓުގައި މި ރެކޯޑު މުގުރާލީ އައްޑޫ ހައި ސްކޫލްގެ ދަރިވަރު އައިޝަތު ޝައިމް އަޒީޒް އެވެ.

1996 ވަނަ އަހަރު މާލޭގައި ބޭއްވި 04 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 1.47 މީޓަރު މަތިން ފުންމައިގެން މި ރެކޯޑު ކުރިން އޮތީ ރަނާ އަޙްމަދު ޞާދިޤް އަތުގައެވެ.

ނަމަވެސް ޝައިމް މި ރެކޯޑު މުގުރާލީ 1.50 މީޓަރ މަތިން ފުންމައިގެންނެވެ.

މި ފަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ހައިޖަމްޕު އިވެންޓުގައި ބައިވެރިވީ ފަސް އެތްލީޓުންނެވެ. އޭގެތެރެއިން އިވެޓުގެ ފައިނަލް ބުރަށް ކޮލިފައިވީ ޝައިމް އެކަންޏެވެ.