ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކްރޭޕް ރަނާއިން 10 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ފަށައިފިއެވެ.

ރައްޓެހިންނާއި އާއިލާއާއެކު ބޭރުގައި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ކަސްޓަމަރުންނާއި ލުއި ނަމަވެސް ރަހަމީރު ކާއެއްޗެއް ބޭނުންނަމަ ކްރެޕޭ ރަނާއަކީ ދާން ޖެހޭ ތަނެކެވެ.

Ad
rt

ސްރީލަންކާގެ އުފެއްދުމެއް ކަމައްވާ ކްރެޕޭ ރަނާ މަޝްހޫރުވެފައި ވަނީ އެންމެ ރަހަ މީރު ތަފާތު ވައްތަރު ގެ ފޮނި އަދި ކުޅި ކެރެޕޭ ތައްޔާރު ކުރާ ތަނެއްގެ ގޮތުގައެވެ.

ކްލަބް ޕްރިމިއާ ހިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ފަހުގެ އާ ބްރޭންޑްތަކާއި ޕާޓްނާވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ.

ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.