ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ "ހޯރަ ކައުންސިލް މެންސް ވޮލީބޯލް ޓޯނަމަންޓް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އަންނަ ފެބްރުއަރީ މަހު 25 ވަނަ ދުވަހު ހޯރަފުށީގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު ރަށްތަކުގެ ކުލަބް ޖަމިއްޔާތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން ސަރުކާރު ކުންފުނިތަކަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 25 ގެ ކުރިން އޮންލައިން ފޯމް ފުރިހަމަކޮށް ރަޖިސްޓަރީވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މުބާރާތުގެ ރަޖިސްޓަރީ ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެއެވެ.
ފޯމް: https://forms.office.com/r/rfJjPKL6kw
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް 7704457، 7887221، މި ނަމްބަރުތަކަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!