އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)އިން އިންތިޒާމުކޮށްގެން މަސްވެރިންގެ ސައްލާ މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އިހަވަންދޫ މަސްވެރިންނާއެކު ކުރިއަށް ގެންދިޔަ މި ސައްލާގައި މަސްވެރިކަމާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ބައިވެރިވެލެއްވިއެވެ.

Ad
rt

މި ސައްލާގައި މަސްވެރިންގެ ވާހަކަތައް އަޑުއައްސަވައި، މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، މަސްވެރިންނަށް ފަހިގޮތްތައް ހޯދައިދިނުމަށް ހިންގަމުންދާ އަދި ހިންގަން ނިންމާފައިވާ ކަންކަމަށް އަލިއަޅުވާލައްވައި ވަޒީރު ވަނީ ވާހަކަ ދައްކަވާފައެވެ.

އިހަވަންދޫ އިމަގުން އެރަށުގެ މަސްވެރިންގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑުތައް ދިނުމަށް މިރޭ ބާއްވަމުންދާ ޖަލްސާ ޝަރަފްވެރިކޮށް ދެއްވަމުން ދަނީ، ވަޒީރު ޑރ. ހުސެން އެވެ.

އިމަގުން ވަނީ ވަރަށް ކުލަގަދަކޮށް މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ހިންގާފައެވެ.