ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ބުރާސްފަތި ދުވަހު ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ އިމާރާތުގައި އުޅުނު އެކަކު ނުފެންނާތީ، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ އިމާރާތުގައި އުޅުނު މީހުންގެ ތެރެއިން މީހަކު އެ ހާދިސާއަށްފަހު ނުފެންނަކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
''އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލާ ފާސްކުރުމުގެ މަސައްކަތް މި ގެންދަނީ ކުރަމުން'' ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި 76 މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި، ޓްރީޓޮޕް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން ނެވެ. މިގޮތުން އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާދެމުން އަންނައިރު، ޓްރީޓޮޕް ހޮސްޕިޓަލްގައި 63 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
މި ހާދިސާގެ ހިނގާފައި ވަނީ ބުރާސްފަތި ދުވަހު ރޭ 12:31 ހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!