''އިންއެކްޓިވް'' ޖަމިއްޔާތަކަށް ލިޔެކިޔުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން އިންއެކްޓިވް ޖަމްޢިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި އިތުރު ފުރުޞަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މި ފުރުސަތު ދޭން ނިންމީ، ސަރުކާރުން މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ކަމަށް އެ ޢިއުލާންގައި ވެއެވެ.

އިންއެކްޓިވް ޖަމްޢިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި އިތުރު ފުރުސަތު ދީފައި ވަނީ އަންނަ 2023 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންއެކްޓިވް ވެފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން ލިޔެކިޔުން ފުރިހަމަ ކުރަން ބޭނުންވާ ޖަމްޢިއްޔާތަކުން ލިޔުންތައް ފޮނުވަން ޖެހެނީ ޔޫތު މިނިސްޓްރީގެ cso@youth.gov.mv އީމެއިލް އަށެވެ.

އިތުރު މަޢުލޫމާތު ހޯއްދަން ބޭނުންވާ އިންއެކްޓިވް ޖަމްޢިއްޔާތަކުން ރަސްމީ ގަޑީގައި 3330808 ނަމްބަރު ފޯނަށް ގުޅުން މައުލޫމާތު ލިބޭނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.